ޖަވާހިރުލް ޤުރުއާން މުބާރާތް 1445 ފަށައިފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން ކުރިޔަށްގެންދާ ” ޖަވާހިރުލް ޤުރުއާން މުބާރާތް 1445″ ގެ ކިޔެވުން ރޭ ފަށައިފި އެވެ.

ކީ ސްޓޭޖްތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރަތުގައި 67 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން ފައުންޑޭޝަން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ދަރިވަރުން ބައިވެރި ވެފައިވާއިރު 4 ދަރިވަރުން ވަނީ ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައެވެ. ކީ ސްޓޭޖު 1 ން 3 ދަރިވަރުން ހިތުން ކިޔަވާއިރު ބަލައިގެން 15 ދަރިވަރުން ކިޔަވައެވެ. ކީ ސްޓޭޖް 2 ބަލައިގެން 23 ދަރިވަރުން ކިޔަވާއިރު ނުބަލާ ކިޔަވަނީ 1 ދަރިވަރެވެ. ކި ސްޓޭޖް 3 ން 10 ދަރިވަރުން ބަލައިގެން ކިޔަވާއިރު ކީ ސްޓޭޖް 4 ން 7 ދަރިވަރުން ބަލައިގެން ކިޔަވާނެއެވެ. އަދި ސްޓޭޖް 5 ން 3 ދަރިވަރުން ބަލައިގެން ކިޔަވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތަށް އިންސާފުކޮދެއްވަނީ ގިނަ މުބާރާތްތަކެއްގައި ފަނޑިޔާރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުންނެވެ. ފަނޑިޔާރުންނަކީ އަލްޤާރީ ޢަލީ ފަޔާޟް، އަލްހާފިޒް އަލްޤާރީ މުޙައްމަދު ރިޔާޟް އަދި އަލްފާޟިލް އިބްރާހިމް ހަބީބް އެވެ.

މި މުބާރާތުގައި ފައުންޑޭޝަން ސްޓޭޖާއި އަދި ކޮންމެ ކީސްޓޭޖަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ފައުންޑޭޝަން ސްޓޭޖާއި ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. އަދި ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ.

މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ވަނީ ފައިސާގެ އިނާމު ކަނޑައަޅާފައެވެ. އެގޮތުންްް ކީސްޓޭޖް ތަކުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް 2000 ރުފިޔާ ލިބޭއިރު، 2 ވަނައަށް 1500 ވަނީ ހަމަޖައްސާފައެވެ. އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 1000 ރުފިޔާ ދޭން ވަނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ގޮފިތަކުން އެެއް ވަނައަށް 5000 ރުފިޔާ ދޭއިރު ދެވަނައަށް 2500 ރުފިޔާ ދޭން ވަނީ ހަޖެހިފައެވެ. އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް 1500 ރުފިޔާ ދެވިގެންދާނެއެވެ.

މިފަހަރުގެ މުބާރާތް ހޯސްޓް ކުރަނީ ދާލަގެ ފަރާތުންނެވެ. އަދި މުބާރާތުގެ ކިޔެވުން ހަނިމާދޫ ކައުންސިލް ފޭސްބުކް ޕޭޖުން ވަގުތުން ދައްކަމުން ދާނެއެވެ.

އެހެނަސް މުބާރަތުގެ ކިޔެވުން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ދާއިރު ކިޔެވުންތައް އަޑު އެހުމަށް ހޯލަށް ވަނުން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ