އެގްރޯނެޓްގެ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެެއް ހދ. ހަނިމާދޫގައި ފަށައިފި

ހަނިމާދޫ ފަހުގެ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއި، ޔޫއެންޑީޕީ މޯލްޑިވްސް އާއި، ޖަޕާން ސަރުކާރު އަދި އެގްރޯނެޓް ގުޅިގެން ދަނޑުވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ.

އިޝްތިހާރު
އިޝްތިހާރު

12 މަސް ދުވަހަށް ހިންގޭ ތަމްރީން ޕްރޮގްރާމުގައި މުޑުވަކެއް ޚިޔާރުކުރާ ހިސާބުން ފެށިގެން އުފައްދާ ތަކެތި ކަނޑާ މާކެޓް ކުރުމާއި ހިސާބަށް ހިނގާނެ ހުރިހާ ކަމެއްގެ ފަންނީ އިލްމު އުނގަންނައިދެވޭނެއެެވެ. މި ޕްރޮގްރާމުގައި އެގްރޯނެޓްގެ 14 މުވައްޒަފުން ތަމްރީނުކުރެވޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ އެކި މަސައްކަތްތަކަށް ބޭނުންވާ ދިވެހިން މަތީ ފެންވަރުގައި ތަމްރީންކޮށް، ރާއްޖޭގެ އުފެއްދުންތެރިކަން ކައިރި މުސްތަޤްބަލެއްގައި އެކި ދާއިރާތަކުން އިތުރުވެގެންދާނެކަން ކަށަވަރުކުރައްވާކަމަށެވެ. އަދި އެގްރޯނެޓުން އިސްނަގައިގެން ފެށި ޕްރޮގްރާމާއިއެކު، ގިނަ މީހުން މިދާއިރާއިން ތަމްރީންކޮށް މުޅި ސިނާޢަތަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިފަދަ ޕްރޮގްރާމްތައް އިތުރުކޮށް ދަނޑުވެރިންނާއި ދަނޑުވެރިންނަށް ޚިދުމަތްދޭ މުވައްޒަފުންނަކީ މަސައްކަތަށް ޤާބިލު، ހުނަރުވެރި ބަޔަކަށް ވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ