ހަނިމާދޫ އެއާރޕޯޓުގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާއި އެއްގޮތަށް – އަމީން

ޚަބަރު ފަހުގެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ތަވާލާއި އެއްގޮތަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް އިއްޔެ ވަޒީރު އަމީން ވަނީ ހަނިމާދޫއަށް ޒިޔާރަތް ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޒިޔާރަތް ކުރެއްވުމަށް ފަހު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސައްކަތް ކުރިއަަށް ދަނީ ތާވަލާ އެއްގޮތަަށް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ 2،460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލަކާއެކުއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

ރީޖަނަލް އެއާޕޯޓްސްއިން މީގެ ކުރިން މައުލޫމާތު ދެއްވިގޮތުގައި އާ ސަރުކާރުގެ ޕްލޭންއާ އެއްގޮތަށް މުޅި އެއަރޕޯޓްގެ މަސައްކަތްތަށް މިހިނގާ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ނިންމާ އޮޕަރޭޝަން އަށް ހުޅުވާލެވިގެން ދާނެއެވެ.

ހަނިމާދޫ އެއާރޕޯޓް މަޝްރޫއުގެ މަސައްކަތް ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް 320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާ އިރު، މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ