ހަނިމާދޫ ސްކޫލް ޓާފް ދަނޑު ނިންމާލަދޭނަން – ވަޒީރު ޢަބްދުﷲ ރާފިޢު

ހަނިމާދޫ ފަހުގެ

ހަނިމާދޫ ސްކޫލްގައި ހަނިމާދޫ ކައުންސިލުން ހަދަންފަށައި ނުނިމިއޮތް ޓާފްދަނޑު ނިންމާލަދޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެމަނިކުފާނު ހަނިމާދޫއަށް ކުރައްވަމުންދާ ރަސްމީދަތުރުފުޅުގައި އިއްޔެ ހަނިމާދޫ ސްކޫލް ސީނިއަރ މެނޭޖްމަންޓް އަދި ޕީޓީއޭގެ މެންބަރުންނާއި ބައްދަލު ކުރެއްވެވިއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެބައްދަލުވުމުގައި ބެލެނިވެރިއަކު އެދުނީ ދަރިވަރުން ކުޅޭނެ ތަނެއް ހަދައި ދެވިދާނެތޯ އެވެ. އެއާއިއެކު ކައުންސިލުން ހަދަން ފަށައި ނުނިމިއޮތް ދަނޑު ވާހަކަ ވަޒީރަށް ދެންނެވުމުން ވިދާޅުވީ ކައުންސިލް އަދި ޔޫތު ސެންޓަރާއި ގުޅިގެން ދަނޑުގެ ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ނިންމާ އެންގުމަށެވެ. އޭރުން ދަނޑަށް ބޭނުންވާ ޓާފް ފޯރު ކޮށްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

” މިއަހަރު ފަހުކޮޅު ނުވަތަ ފެށޭ އަހަރު ކުރީކޮޅު ދަނޑު ނިންމާލަދޭނަން،” ވަޒީރު

ހަނިމާދޫ ސްކޫލް ޓާފް ދަނޑު 2022 ވަނަ އަހަރު ހަނިމާދޫ ކައުންސިލުން ފެށީ އެމްޓީސީސީ އާއި ގުޅިގެން ނެވެ. އެ ކުންފުނީގެ ސީއެސް އާރުގެދަށުން ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ނިންމާލީ 2022 ވަނަ އަހަރު ސެޕްޓެމްބަރ މަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ