ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ މާމުއި އެތެރެކުރުން މަނާކޮށްފި

ޚަބަރު ފަހުގެ

ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރު ކޮށްގެން ވިއްކަމުންދާ މާމުއި ވިއްކުން މަނާ ކުރުމުން ވެސް، އެ ތަކެތި ވިއްކުން ނުހުއްޓުވޭތީ އެ ބާވަތް ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޑޮކްޓަރީ ބޭހުން ތަޣައްޔަރު ވެފައިވާ މާމުޔެއް ވިއްކަމުން ދާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް މާމުއިގައި ބޭހުގެ ދެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެފްޑީއޭއިން ބުނީ މީގެ ކުރިން 2022ވަނަ އަހަރު ވެސް މި މާމުތް ރާއްޖޭގައި ދައުރުވުމުން އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައިކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. މި އުފެއްދުމަކީ އޫއެސް އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަގަކޮށްފައިވާ އުފެއްދުމެއްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ، ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތުގައި ފުރާނައަށް ވެސް ނުރައްކާވާފަދަ ކަމެއްކަމަށެވެ.

އެހެންކަމުން މިފަދަ އުފެއްދުމެއް ބޭނުންކުރުމުން ލިބިދާނެ ސިއްހީ ގެއްލުމަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކާ މިފަދަ އުދެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމަކީ މަނާ ކަމެއްކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ