ވަޤުފް އިމާރާތްތަކުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން – ޑރ. ޝަހީމް

ޚަބަރު ފަހުގެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅުންހުރި އެންމެ ބޮޑު މަސައްކަތްކަމަށްވާ، ވަޤުފް އިމާރާތްތަކުގެ މަސައްކަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ވަޤުފް މަޝްރޫޢުގެ އިމާރާތްތައް ފެށުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ވަޤުފް މަޝްރޫއުގެ ގޮތުގައި ތިން މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް އަދި މާލޭގައި އެޅުމަށް ހަމަޖެހިފައިވަނީ ދާރުލްއަރުޤަމްއަށް ބިން ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ދާއިމީ އިމާރާތް ބިނާ ކުރުމުގެ މަސައްކަތް ކުރަމުންދަނީވެސް ވަޤުފް އިމާރާތެއްގެ ގޮތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ