އިންޑިއާއިން ރާއްޖެއަށް ދޭ އެހީ ކުޑަކުރަން ބަޖެޓުގައި ހިމަނައިފި

ޚަބަރު ފަހުގެ

އިންޑިއާއިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާގެ އަދަދު ކުޑަކުރަން އެ ގައުމުގެ އާ ބަޖެޓުގައި ހިމަނައިފި އެވެ.

އިންޑިއާއިން ގެންގުޅޭ ނެއިބަހުޑް ފަސްޓް ފޮރިން ޕޮލިސީގެ ދަށުން މިދިޔަ އަހަރުތަކުގެ ތެރޭގައި އެ ގައުމުން އެންމެ ބޮޑު ހިލޭ އެހީއެއް ދިން ގައުމުގެ ގޮތުގައި އޮތީ ރާއްޖެ އެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން ރާއްޖެ އަށް 91 މިލިއަން ޑޮލަރު ނުވަތަ 1.4 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ބަޖެޓުގައި ހިމެނި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ފެބްރުއަރީގައި ހުށަހެޅި އިންޓަރިމް ބަޖެޓުގައި ރާއްޖެ އަށް އެހީގެ ގޮތުގައި ދިނުމަށް ހިމަނާފައި ވަނީ 600 ކްރޯޑް ރުޕީސް އެވެ. އެއީ 71 މިލިއަން ޑޮލަރެވެ. ނުވަތަ 1 ބިލިއަން ރުފިޔާ އެވެ. އެކަމަކު އެ އަދަދު ކުޑަކޮށް، މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައި ވަނީ 47 މިލިއަން ޑޮލަރެވެ. ނުވަތަ 700 މިލިއަން ރުފިޔާ އެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާއިން ރާއްޖެ އަށް ދޭ އެހީ ކުޑަކޮށްފައި ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން މި ސަރުކާރުގައި ހީނަރުވެފައިވާތީ އެވެ.

ނަމަވެސް ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ ގައުމުގެ އިސްވެރިންނާއި އެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ. އަދި ދެ ގައުމުގެ ގުޅުން ހީނަރު ނުވާ ކަމާއި، އިންޑިއާއިން ރާއްޖެ އަށް އަބަދުވެސް އެހީތެރިވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ގައުމުން އަރުވާފައިވެ އެވެ.

މިފަހަރުގެ ބަޖެޓުގައި އެ ގައުމުން އެންމެ ބޮޑު އެހީއެއް ދިނުމަށް ހިމަނާފައި ވަނީ ބޫޓާން އަށެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު އެހީއެއް ދެނީ ނޭޕާލަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ