20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ހިންގާ ގަވައިދު ފާސްކޮށްފި

ފަހުގެ ސިޔާސީ

މި ޤަވައިދު އާންމު ކޮމިޓީން ނިންމި ގޮތަށް ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ވޯޓާއެކުއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް ހިންގާ ގަވައިދެއް އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުގެ ގަވައިދަށް ޢަމަލުކުރުމަށް މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެގޮތުގެ މަތިން އާންމު ކޮމިޓީން ވަނީ ޤަވައިދު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ގަވާއިދު ފާސްކުރީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި އިސްލާހަކާ އެކު އެވެ. އޭނާ ހުށަހެޅުއްވީ ކުއްލި މައްސަލައަށް ބަހުސް ކުރާ މެންބަރުންނަށް ދޭ ތިން މިނެޓުގެ ފުރުސަތުގެ ބަދަލުގައި ފަސް މިނެޓުގެ ފުރުސަތެއް އެރުވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ