ހަނިމާދޫ ޑަބްލިއުޑީސީން ސައާދާ ޕްރީސްކޫލަށް ޓާފް ހަދިޔާކޮށްފި

ޚަބަރު ފަހުގެ

ހަނިމާދޫގައި ޕްރީސްކޫލްގެ ޚިދުމަތް ފާއިތުވި 22 އަހަރު ދުވަހު ދެމުން ގެންދާ ސައާދާ ޕްރީސްކޫލް ޕްލޭ އޭރިއާގައި އަލަށް ބަހައްޓާ ސްލައިޑް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެޅުމަށް ޓާފް ހަދިޔާކޮށްފިއެވެ.

އެ ކޮމެޓީން ކޮންމެ އަހަރަކު ވެސް އަންނަނީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނިމިދިޔަ އަހަރު ފައިސާގެ އެހީ ވެސް އެ ކޮމެޓީން ވަނީ ޕްރީސްކޫލަށް ފޯރުކޮށްދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ އިޖުތިމާއީ ދާއިރާއިން ޚިދުމަތްކުރުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އިނާމް ހާސިލްކޮށްފައިވާ ޖަމިއްޔާއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ