ކޮންމެ ކުއްޖަކީ ސަރުކާރުގެ ތަޢުލީމީ ނިޒާމުގެތެރެއިން އޭ ލެވެލްއަށް ކިޔަވާ ކުއްޖެއް

ނޫތަރި ހަނިމާދޫ ފަހުގެ

ކުރިއަށްއޮތް 10 އަހަރުގެ ތެރޭގައި ސަރުކާރުގެ ކޮންމެ ސުކޫލަކީ އޭލެވެލްއާއި ހަމައަށް ކިޔަވައިދޭ ސުކޫލުތަކަކަށް ވެގެންދާނެކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު މިހެން ވިދާޅުވީ ހަނިމާދޫ ސްކޫލަށް ކުރެއްވި ޒިޔާރަތެއްގައި ސުކޫލު މެނޭޖުމަންޓާއި ބައްދަލު ކުރެއްވުމަށް ފަހު ސްކޫލުގެ ނޫތަރި ކޮލަމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޝިފާޒު ވިދާޅުވީ ތަޢުލީމީ ޤާނޫނުގެ ދަށުން ކޮންމެ ކުއްޖަކީވެސް އުމުރުން 18 އަހަރު ފުރެންދެން ތަޢުލީމު ޙާޞިލް ކުރަމުންދާ ކުއްޖަކަށް ވާންޖެހޭނެކަމަށާއި، އޯލެވެލް ނިންމާއިރު ކުދިންގެ އުމުރުން 18 އަހަރު ނުފުރޭތީ އެއީ ކުޑަކުދިންގެ ގޮތުގައި ބެލެވޭ އުމުރަށް ވުމުން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ. މި ޤާނޫނު ނެގެހެއްޓޭނީ ކޮންމެ ކުއްޖަކުވެސް އޭ ލެވެލްއަށް ކިޔަވަން ފެށުމުންކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖޭގައި ސަރުކާރުގެ 217 ސްކޫލެއްގެ ތެރެއިން އޭ ލެވެލްއާއި ހަމައަށް މިވަގުތު ކިޔަވައިދެމުން ދަނީ 52 ސްކޫލެއްްގައި ކަމުގައެވެ. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށްއޮތް 10 އަހަރުގެ ތެރޭގައި ހުރިހާ ސްކޫލެއްގައިވެސް އޭ ލެވެލްއާއި ހަމައަށް ކިޔަވައިދިނުމެވެ.

“މިހާރު މި މަސައްކަތް ކުރަނީ ހުރިހާ ސްކޫލެއްގައި އޭ ލެވެލް ޤާއިމު ކުރެވޭތޯ”

ކޮންމެ ކުއްޖަކަށްވެސް ސާނަވީއާއި މަތީސާނަވީއާއި ހަމައަށް ތަޢުލީމު ހާސިލު ކުރުމުގެ ހައްގު ޤާނޫނު އަސާސީން ވަނީ ލިބިދީފައެވެ. ޤާނޫނު އަސާސީގެ 2 ވަނަ ބާބުގެ 36ވަނަ މާއްދާގެ ‘ށ’ ގައި ވަނީ ” ފަށާ ތަޢުލީމާއި މެދު މަދުރަސީ ތަޢުލީމު ދައުލަތުން ހިލޭ ފޯރު ކޮށްދޭން ވާނެއެވެ. ކުދިންނަށް ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ދިނުމަކީ އެކުދިންގެ މައިން ބަފައިންނާއި ދައުލަތުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު އެންމެހާ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިފައި އޮންނާންވާނެއެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ