ޝިއުނާ އާއި މަލްޝާ އިސްތިއުފާދެއްވައިފި

ފަހުގެ ސިޔާސީ

ރާއްޖެ އާއި އިންޑިއާގެ ސިޔާސީ މަސްރަހު ގޯސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދެއްކެވި މައްސަލާގައި ސަރުކާރުގެ މަގާމުތަކުން މިދިޔަ ޖެނުއަރީ މަހު މުސާރަ ހިނގާ ގޮތަށް ސަސްޕެންޑު ކޮށްފައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އެ ދެ ބޭފުޅުން ސަސްޕެންޑް ކޮށްފައިވާތާ ނުވަ މަސް ފަހުން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބު ވިދާޅުވާން ބޭނުމެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބޭފުޅުން މަގާމުން އެކަހެރި ކުރީ އިންޑިއާ އިން ލަކްޝަދީޕްގެ ޓޫރިޒަމް ފުޅާކުރުމަށް ނިންމުމާ އެކު، ސޯޝަލް މީޑިއާގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް، ޕޯސްޓްކުރި މައްސަލައެއްގަ އެވެ.

އެ ބޭފުޅުންނަށް ފިޔަވަޅު އެޅީ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް، ރާއްޖޭގެ ނަން ކިލަނބުވެފައިވާ ކަމަށް ބުނެ، އެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ