ޝަރުޢީ ރުޤްޔާއަކީ ހަމައެކަނި ޢިލްމުވރިންނަށް ޚާއްސަ ކަމެއް ނޫން! : ޝެއިޚް ޠާހާ

ފަހުގެ ދީން

ޝަރުޢީ ރުޤްޔާ އަކީ ހަމައެކަނި ޢިލްމުވެރިންނަށް ޚާއްސަ ކަމެއް ނޫންކަމަށް، ރުޤްޔާގެ ދާއިރާއިން ތަޖުރިބާއާޢި ޢިލްމު ލިބިވަޑައިގެން ހުންނެވި އައްޝައިޚް މުޙައްމަދު ޠާހާ ވިދާޅުވެއްޖެއެވެ.

ޝެއިޚް ޠާހާ ވަނީ ރުޤްޔާ އާއި ޙިޖާމާ ދަސްކޮށްދިނުމަށް އޮންލައިން ކޯސްތަކެއްވެސް ހިންގަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޝެއިޚް ޠާހާ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ޝަރުޢީ ރުޤްޔާ އަކީ، ހަމަ އެކަނި ޢިލްމުވެރީންނަށް ޚާއްސަ ކަމެއް ނޫންކަމަށާއި، މިއީ މިކަމުގެ ޢިލްމާއި ތަޖުރިބާ ހުރި ދީންވެރި ބޭފުޅުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ޢިލްމުވެރިން ނޫން މީހުން އެކަން ކުރުމަކީ ދީނީ ގޮތުން ޙަރާމް ކަމެއް ނޫންކަމަށްވެސް ޠާހާ ވިދާޅުވެފައިވެއެވެ.

ހަމަ އެފަދައިން މިކަމުގެ ޢިލްމާއި ތަޖުރިބާ ނެތި، އެއީ ޝެއިޚެއް ވިޔަސް ރުޤްޔާ ކުރުން ހުއްދަ ވެގެން ނުވާނެ ކަމަށެވެ. އަދި ޚާއްސަކޮށް ރުޤްޔާ ކުރުމަށް ފަހު ފައިސާ ނެގުން އެއީ އެކަމުގެ، ޢިލްމާއި ތަޖުރިބާ ނެތްނަމަ ކުރުން ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިކަމާއި ގުޅޭ ޢިލްމުވެރިންގެ ފަތުވާއެއްގެ ތަރުޖަމަ ހިއްސާ ކުރައްވާ ޝެއިޚް ޠާހާ ވިދާޅުވެފައިވަނީ، ރުޤްޔާ އަކީ އެކަމުގެ ޢިލްމާއި ތަޖުރިބާ ހުރި ދީންވެރި އަޚުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. ޝެއިޚް ޠާހާ ހިއްސާ ކުރެއްވި ފަތުވާގެ ތަރުޖަމާ ތިރީގައި ހިމަނާލަމެވެ.

ފަތުވާ:

ސުވާލު: ޢާންމު މީހަކަށް، ޝައިޚަކަށް ނުވާ މީހަކަށް، ޖިންނި އަވަލާފައިވާ މީހަކަށް ޤުރުއާނުން ރުޤްޔާ ކުރެވިދާނެތޯއެވެ؟ ނުވަތަ އެކަމުގައި ނުރައްކަލެއް އެބައޮތްތޯއެވެ؟

ޖަވާބު: މާތް ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އެއިލާހުގެ ރަސޫލާއަށާއި އެކަލޭގެފާނުންގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ހުއްޓެވެ. އެއަށްފަހު ދަންނައެވެ.

މުސްލިމަކު އޭނާގެ އަޚާއަށް ޤުރުއާނުން ރުޤްޔާކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ރުޤްޔާކުރާ މީހާއަކީ ޝައިޚަކަށް ނުވިޔަސް މެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ، މުސްލިމަކަށް ރުޤްޔާކުރަން އެނގޭނަމަ، އޭނާގެ އަޚާއަށް ރުޤްޔާކުރުން ޝަރުޢުކުރެވިގެންވާ ކަމެއްކަމަށެވެ.

މިކަމުގެ ދަލީލަކީ މުސްލިމްގެ ޞަޙީޙްގައި ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެކެވެ. عن جابر ـ رضي الله عنه ـ قال: لدغت رجلاً منا عقرب ونحن جلوس مع رسول الله صلى الله عليه وسلم، فقال رجل: يا رسول الله، أرقي؟ قال: من استطاع منكم أن ينفع أخاه فليفعل.(صحيح مسلم) މާނައީ: “މާތް ﷲ ރުއްސުންލެއްވި ޖާބިރު ވިދާޅުވިއެވެ. “އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު އިށީނދެ ތިއްބާ، އަހަރެމެންގެ ތެރެއިން މީހެއްގެ ގަޔަށް ނަގުލަންދާއްޓެއް ކަށިޖަހައިފިއެވެ. އެހިނދު މީހަކު ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ! އަހުރެން ރުޤްޔާކޮށްދެންތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުންގެ ތެރެއިން އޭނާގެ އަޚާއަށް މަންފާއެއް ކޮށްދެވޭނެ މީހަކު އެކަން ކުރާހުށިކަމެވެ.”

އަދި މިކަމުގައި ގެއްލުމެއް ލިބޭނެކަން ސާބިތުވާ އެއްވެސް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޤުރުއާނުން ރުޤްޔާކުރާ މީހާއަށް އިންސާނުންނާއި ޖިންނީންގެ ޝައިޠާނުން އަދާވާތްތެރިވެދާނެއެވެ. އެއީ އެމީހުންގެ ނުބައިކަމާއި ގެއްލުން ނައްތާލުމަށް މަސައްކަތްކުރާތީއެވެ. އަދި އޭނާއަށް އަނިޔާވެރިވުމަށް އެމީހުން މަސައްކަތްކުރާނެއެވެ. އެހެންކަމުން، އޭނާ މައްޘޫރުވެގެންވާ ތަޢައްވުޛުތައް ކިޔެވުމަށް ދެމިހުރުން ލާޒިމްޒިމްވެގެންވެއެވެ. އެއީ ﷲ އެމީހުންގެ ނުބައިކަމުން އޭނާ ރައްކާތެރިކުރެއްވުމަށްޓަކައެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.

އަސްލު ފަތުވާ:

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ