އެޕާޓްމަންޓެއްގައި ޑްރަގު ވިއްކަމުން ދިޔަ ގުރޫޕެއް ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ފުލުހުން ބުނީ މި މައްސަލާގައި ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފިއެވެ. މި އެންމެންނަކީ ވެސް ދިވެހިންކަމަށް ފުލުހުން ބުނެއެވެ.

މި މީހުން އަތުލައިގަތީ އެ އިދާރާގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައިކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި 4 މީހަކު ހައްޔަރުކުރި ނަމަވެސް ފުލުހުންގެ ބަންދުގައި ތިބީ ދެމީހުންކަމަށް ފުލުހުން ބުނެއެވެ.

އެއީ ވ. ފައިވްފްލާވަރ، އުމުރުން 44 އަހަރުގެ އަހްމަދު އަފްރާހާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، އުމުރުން 48 އަހަރުގެ އަލީ އަބްދުﷲ އެވެ. މި ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

އަނެއް ދެ މީހުން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާކަމަށާއި އެއީ 43 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ