މާރަންދޫ ކައުންސިލުގެ ބައިއިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފި

ފަހުގެ ސިޔާސީ

މި އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަކީ:

* ޝިހާމް މުހައްމަދު – އެމްޑީޕީ

އިޝްތިހާރު
އިޝްތިހާރު

* އަބްދުލްހަމީދު އަބްދުއްސައްތާރު – ޕީއެންސީ

އަބްދުލްހަމީދު މި އިންތިހާބު ކާމިޔާބުކުރުމާގުޅިގެން ވެރިކަން ކުރާ ޕީއެންސީއިން ވަނީ އޭނާއަށް މަރުހަބާ ކިޔައިފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހަމީދަށް މަރުހަބާ ކިޔައިފަ އެވެ.

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބޭއްވި މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަކަށެވެ.

މާރަންދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިން ކުރި ހޯދާފައި ވަނީ 187 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 160 ވޯޓެވެ.

މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވާފައި މިވަނީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެންނެވެ.

މިހާރު މާރަންދޫ ކައުންސިލްގައި ހިމެނޭނީ ޕީއެންސީ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީގެ ތިން ކައުންސިލަރުންނާއި އަމިއްލަ ގޮތުން ހޮވިފައިވާ ކައުންސިލްގެ ރައީސެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ