ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ރިޕޯޓްކުރީ މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ