ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޚަބަރު ފަހުގެ

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު، އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާއިރު، ފުލުހުން ބުނީ މި މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ތަޙްޤީޤުކުރަމުން ދާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގަައި އަންހެން ކުއްޖާއަށް އޮޅުވާލައިގެން ފަޅުތަނަކަށް ގެންގޮސް އެ ފިރިހެން ކުއްޖާ ވަނީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފަ

އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ