ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފަރާތްތަކުން އެމްއެފްޑީއޭގައި ރަޖިސްޓްރީވާން އަންގައިފި!

ޚަބަރު ފަހުގެ

އެމްއެފްޑީއޭއިން އިއްޔެ އާންމުކުރި “ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދު” ގައި ވާ ގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފަރާތްތަކުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެމްއެފްޑީއޭގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ.

އުސޫލުގައިވާ ބުނެފައިވާ ގޮތުން ކުރިން އެމްއެފްޑީއޭގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި މީހުން ވެސް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ލައިސަންސް ހޯދުމަށްޓަކައި އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މުއްދަތުގައި ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ހިދުމަތް ދިނުމަކީ ނުވަތަ ވިޔަފާރިކުރުމަކީ މަނާ ކަމެއް ކަމަށާއި އަދި ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ދޭނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައިގެން 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އޭގެ ތެރޭގައި ކާބޯތަކެތި އުފެއްދުމާއި ތައްޔާރުކުރުމާއި ވިއްކުމާއި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާއި ރައްކާ ކުރުމާއި ފޯރުކޮށްދިނުމާއި ބަންދު ކުރުމާއި ހަދިޔާ ކުރުމާއި އޭގެ ވިޔަފާރި ކުރުން ހިމެނެ އެވެ.

އޮންލައިންކޮށް ރަޖިސްޓްރޭޝަނާއި ލައިސަންސަށް އެދެންޖެހޭނީ ސަރުކާރުގެ “ވަންގަވް” ޕޯޓަލް އާއި އެމްއެފްޑީއޭގެ “ދިރިތި” ޕޯޓަލް މެދުވެރިކޮށެވެ.

އެ ދެ ތަނުގައި ރަޖިސްޓްރީ ވާން ޖެހޭ ތަންތަން ވަކިން ބަޔާން ކޮށްފައިވާއިރު ރަޖިސްޓްރީކުރުން ލާޒިމް ނުވާ ތަންތަނަކީ ވަގުތީ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތަކެވެ. ނަމަވެސް އެ ތަންތަނުން ވެސް އެމްއެފްޑީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ގިނަ ތަންތަނަށް އެއް އަހަރުގެ ލައިސަންސް ދޫކުރާއިރު، ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓްކުރާ ކާރުހާނާތަކަށް ހަ މަސް ދުވަހުގެ ލައިސަންސެއް ދޫކުރާނެ އެވެ. ލައިސަންސް ދޫކުރުމަށް ވެސް ވަކި ފީއެއް ނަގާނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ