ކަސްޓަމްސް އިން ހިފަހައްޓާފައިވާ 867،000 އަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

ޚަބަރު ފަހުގެ

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިފަހައްޓާފައިވާ 867،000 އަށްވުރެ ގިނަ ސިނގިރޭޓް / ބިޑި ނައްތާލައިފި އެވެ.

މި ގޮތުން ހިފަހައްޓާފައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ދުންފަތުގެ ބާވަތްތަކުގެ އިތުރުން ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ސިންގަލް ޔޫސް ޕްލާސްޓިކްވެސް ހިމެނެ އެވެ.

ނައްތާލެވުނު ތަކެތީގެ ތަފުސީލު
* ސިނގިރޭޓް / ބިޑި – 867،410 ސްޓިކް
* ދުންފަތް / ދުންބޯ ފަތް – 162.58 ކިލޯ
* ބަނގުރާ – 3،496 ފުޅި
* ބިޔަރު (ބަނގުރާ އެކުލެވޭ) – 763 ދަޅު
* ބަނގުރާ އެކުލެވޭ އެހެނިހެން (ޕްލާސްޓިކް، ޕެކެޓް، ޗޮކްލެޓް) – 32 ޕީސް
* ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު – 137 ކިލޯ
* ސިންގަލް ޔޫސް ޕްލާސްޓިކް (ތަށި، ފުޅި، ހޮޅި) – 43 ޕީސް

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސް އިން ޢަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ