ރާއްޖޭގައި ބަންކަރިން ހިދުމަތް ފަށައިފި

ޚަބަރު ފަހުގެ

ހއ. ހޯރަފުށީގައި މިއަދު ހަވީރު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގައި ތިލަދުންމަތީގެ ދާއިރާތައް ތަމްސީލްކުރައްވާ މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް އާއި އެމްޕީއެލްގެ ސީއޯއޯ ވަޖީހު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ބަންކަރިންގެ ހިދުމަތް އިފްތިތާހުކޮށް އެސްޓީއޯއިން އެންމެ ފުރަތަމަ ހިދުމަތް ފޯރުކޮށްދިނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ “ވައިސީ ބެރިއާ” އަށެވެ.

މި ހިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހިދުމަތް ދިން ބޯޓުތަކަށް ވަނީ ވޯޓަރ ސެލިއުޓް ދީފައެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، އެހެނިހެން ޚިދުމަތްތައްވެސް އެ ސަރަހައްދުގައި ފޯރުކޮށްދިނުމަށް މެރިޓައިމް ހިދުމަތްތައް ދެވޭ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް ހއ. އުލިގަމުގައި ރޭ ވަނީ ހުޅުވާފަ އެވެ.

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި އެސްޓީއޯއިން ވަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓު ގެނެސްފައެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިން މަޝްރޫޢެއް ހިންގުމަށް އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާރިޗު 2024 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ