ސިޔާސީ ޕާޓީތަކުން ފަސޭހައިން ވަކިކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ފަހުގެ ސިޔާސީ

ސިޔާސީ ޕާޓިއަކުން ވަކިވާން ބޭނުންނުމަ ސިޓީ ލިޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އެތަކެއް މަރުހަލާތަކަށް ފަހު ޕާޓީއަކުން ވަކި ވެވެނީ މަހެއްހާ ދުވަސް ފަހުން ނެވެ.

ނަމަވެސް އިލެކްޝާން ކޮމިޝަންއިން ގެެޒެޓްކޮށް އަމަލުކުރަން ފެށި އާ އިސްލާހުގެ ދަށުން ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ ލަސްވެގެން 14 ދުވަހުގެ ތެރޭގައި ޕާޓީން ވަކިކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ މުއްދަތުގެ ތެރޭގައި ވަކިކޮށްނުދީފިނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުނ،ް އޭނާގެ ނަން، ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެ ކަމަށް ބުނެފައި ވެއެވެ. އަދި ޕާޓީއެއްގެ މެންބަރަކު، ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްގެން ޕާޓީން ވަގުތުން ވަކިވާން އެދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ޕާޓީގެ ދަފުތަރުން ވަގުތުން އުނިކޮށްދޭން ވެސް ވާނެ ކަމަށް ވެސް ބުނެފައި ވެއެެވެ.

ސިޔާސީ ޕާޓީގެ ގަވައިދަށް ދެން ގެނައި އިސްލާހަކީ ކުރިން ހުރި ޕާޓީއަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކޮށްފައިވާތީ ކުރީގައި އޮތް ޕާޓީއަށް ބަދަލުވުމުގައި އަމަލުކުރާނެ އާ އުސޫލެވެ. އެގޮތުން އެފަދަ ހާލަތެއްގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، ނޭނގި ރަޖިސްޓަރީކޮށްފައި އޮތް ޕާޓީން ވަގުތުން ވަކިކޮށ،ް ކުރިން އޮތް ސިޔާސީ ޕާޓީއަށް ރުޖޫއަކޮށްދޭންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ