ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އަދި ނައިވާދޫ ޓްރެއިނަރސް ސްޕޯޓްސް ކްލަބް ވެސް މުބާރާތް ފެށީ މޮޅަކުން

ކުޅިވަރު ފަހުގެ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ ތިލަދެކުނު ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅެވުނު ގުރޫޕް ސީގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ބޮޑު ތަފާތަކުން ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ ކާމިޔާބުކޮށްފިއެވެ.

މެޗު 3 ވަނަ މިނެޓުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 12 ޝަހުމީލާ އަބުދުލް ހަކީމެވެ. އޭގެ މިނެޓެއް ފަހުން ޢާއިޝަތު ޝަނިއްޔާ ވަނީ ލަނޑެއް ކާމިޔާބު ކޮށް ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އޭގެ 4 މިނެޓް ފަހުން ކުޅުދުއްފުށީ ކްލަބް ވީ އާ ވަން ވަނީ ލަނޑެއް ޖަހައި ސްކޯ 2-1 ބަދަލު ކޮށްލައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޯޒީ ނަންބަރު 14 ފާތިމަތު ޔޫލީ ހުސައިން އެވެ.

އެހެނަސް މުޅިމެޗު ކޮންޓްރޯ ކުރަމުން ދިޔަ ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ އިތުރު 4 ލަނޑުޖަހާ މެޗުން މޮޅުވީ 6-1 ންނެވެ. މި 4 ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ ޢާއިޝަތު ރީޝާ އެވެ. އެއީ މެޗުގެ 20 ވަނަ މިނެޓާއި 40 ވަނަ މިނެޓުގައެވެ. އަނެއް 2 ލަނޑު ކާމިޔާބު ކޮށްދިނީ އާއިޝަތު ޝިފާ އެވެ. އެއީ މެޗުގެ 34 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ ޖާޒީ ނަންބަރު 14 ޢާއިޝަތު ރީޝާ އެވެ.

އިއްޔެ ވަނީ ގްރޫޕް ‘ސީ’ ގެ އިތުރު މެޗެއް ކުޅެފައެވެ. މިމެޗުގައި ބައްދަލުކުރީ ނައިވާދޫ ޓްރެއިނަރސް ސްޕޯޓްސް ކްލަބް އާއި ފިނޭ ވީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

މިމެޗުގައި ފެނުން ހަމައެކަނި ލަނޑު ޖަހައި ދީފައިވަނީ ނައިވާދޫ ޓްރެއިނަރސް ސްޕޯޓްސް ކްލަބްގެ ޖޯޒީ ނަންބަރު 55 މަރިޔަމް އަމީޒާ އިބްރާހީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ވެސް މަރިޔަމް އަމީޒާ އިބްރާހީމް އެވެ.

މި މުބާރާތުގެ ގްރޫޕް ‘އޭ’ ގެ ދެ މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު 15:45 ގައި ކުޅޭއިރު، އެ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އާއި ކްލަބް ސެނޮން އެވެ. ދެވަނަ މެޗު 16:45 ގައި ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ކުމުންދޫ ސްޕޯޓްސް ކްލަބް އާއި މާއްޓޭ ސްޕޯޓްސް އެވެ.

މި ގުރޫޕްގެ ފުރަތަމަ މެޗުތަކުގެ ނަތިޖާއަށް ބަލާއިރު ފުރަތަމަ މެޗު މާމުޑާ ސްޕޯޓްސް ކްލަބް އަދި ކުމުންދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-0 ކާމިޔާބުކުރީ މާމުޑާ ސްޕޯޓްސް ކްލަބް އެވެ. ދެވަނަ މެޗުގައި ކުޅުދުއްފުށީ މާއްޓޭ ސްޕޯޓްސް އާއި ނޭކުރެންދޫ ކްލަބް ސެނޮން ބައްދަލު ކުރިމެޗު ކާމިޔާބު ކޮށްފައިވަނީ 7-0 މާއްޓޭ ސްޕޯޓްސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ