ހދ. އަތޮޅު ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން، ހދ.އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހަނިމާދޫގައި ހިންގި 7 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމު ނިމުން ފާހަގަކޮށްފިއެވެ. މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ 28 ސެޕްޓެމްބަރ 2024 ވަނަ ދުވަހުއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީތެރިކަމާއެކު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އަތޮޅުގެ 7 ރަށަކުން ޖުމްލަ 13 ބައިވެރިން ބައިވެރިވެ، ކާމިޔާބުކަމާއިއެކު ޕްރޮގްރާމު ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމުގައި، ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ޢަމަލީ ތަޖުރިބާ ބައިވެރިނަން ވަނީ ހޯދައިދީފައެވެ. މީގެ ތެރޭގައި ޒަމާނީ ދަނޑުވެރިކަމުގެ އާ ޓެކްނިކްތަކާއި، ގަސްކާނާ ބޭނުންކުރުމުގެ ހަރުދަނާ ގޮތްތަކާއި، ބަލިތަކުން ގަސް ސަލާމަތްކުރުމުގެ ގޮތްތަށް ހިމެނެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ހދ. އަތޮޅުގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، ދަނޑުވެރިންގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ.