ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސް މެޗު ކާމިޔާބު ކޮށްފި!

ކުޅިވަރު ފަހުގެ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތިލަދެކުނު ފުޓްސަލް މުބާރާތުގެ ގުރޫޕް “އޭ”ގެ ދެ މެޗު މިއަދު ކުޅެވުނެވެ. ފުރަތަމަ މެޗުގައި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން، ކްލަބް ސެނޮން އަތުން 2-1 އިން ކާމިޔާބު ކުރިއިރު ދެވަނަ މެޗުގައި ކުޅުދުއްފުށީ މާއްޓޭ ސްޕޯޓްސް، ކުމުންދޫ ސްޕޯޓްސް ކްލަބާއި ވާދަކޮށް 2-1 ން ވަނީ މޮޅުވެފައެވެ.

ކުޅުދުއްފުށީ އެކުވެރިންގެ ދިރުން ޓީމަށް ދެ ލަނޑު ވެސް ޖަހައިދިނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މަރިޔަމް ލަމީސްއެވެ. ކްލަބް ސެނޮންގެ ހަމައެކަނި ލަނޑު ޖެހީ އާމިނަތު ލަޔާނެވެ.

އިޝްތިހާރު
އިޝްތިހާރު

މާއްޓޭ ސްޕޯޓްސްގެ ލަނޑުތައް ޖަހައިދިނީ ފެޓްޑައޯ ލުއަންކާ އާއި ޚަދީޖާ އަލީއެވެ. ކުމުންދޫ ސްޕޯޓްސް ކްލަބުގެ ލަނޑު ޖެހީ ސަޒުލާ ހަސަނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މާއްޓޭ ސްޕޯޓްސްގެ ފެޓްޑައޯ ލުއަންކާއެވެ.

މާދަމާ ވެސް މި މުބާރާތުގެ ދެ މެޗެއް ކުޅޭނެއެވެ. އެއީ ގުރޫޕް “ބީ” ގެ ދެ މެޗެވެ. ފުރަތަމަ މެޗު 15:45 ގައި ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކެތިއަރާ އާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އެވެ. ދެވަނަ މެޗު 16:45 ގައި ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ކުޅުދުއްފުށީ ގްރީން ސްޕޯޓްސް އާއި ކުޅުދުއްފުށީ މަންތާ ސްޕޯޓްސް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ