ކެތިއަރާ އަދި މަންތާ ސްޕޯޓްސް ކުއާޓަރ ފައިނަލަށް!

ކުޅިވަރު ފަހުގެ

ކެތިއަރާ ކުއާޓަރ ފައިނަލަށް ގޮސްފައިވަނީ އިއްޔެ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ސްކައި) އާ ދެކޮޅަށް ކުޅުނު މެޗުން 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ކެތިއަރާގެ ޖޯޒީ ނަންބަރު 22 އާމިނަތު ޝަފާ އާއި ޖޯޒީ ނަންބަރު 7 އީމާ އަޙްމަދު، ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހިއިރު، ޖާޒީ ނަންބަރު 9 ފާޠިމަތު ތާނީ 3 ލަނޑު ޖަހައިދިނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ކެތިއަރާއަށް 3 ލަނޑު ޖަހައިދިން ފާޠިމަތު ތާނީއެވެ.

އިއްޔެ ގްރޫޕް ‘ބީ’ ގެ އިތުރު މެޗެއް ކުޅުނެވެ. މި މެޗުގައި ކުޅުދުއްފުށީ ގްރީން ސްޕޯޓްސް އާއި ކުޅުދުއްފުށީ މަންތާ ސްޕޯޓްސް ވާދަކުރިއެވެ. މި މެޗު 1-0 ން ކާމިޔާބުކުރީ މަންތާ ސްޕޯޓްސްއެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މަންތާ ސްޕޯޓްސްގެ 17 ނަންބަރު ޢާއިޝަތު އިޝާ އަޝްރަފްއެވެ.

މި ގްރޫޕްގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި މިވަގުތު 6 ޕޮއިންޓާއެކު އަދި ގޯލް ތަފާތުން ކުރީގައި އޮތީ ކެތިއަރާއެވެ. ދެވަނައިގައި އޮތީ ކުޅުދުއްފުށީ މަންތާ ސްޕޯޓްސްއެވެ. ތިންވަނައިގައި އޮތީ ކުޅުދުއްފުށީ ގްރީން ސްޕޯޓްސްއެވެ. ހަތަރުވަނައިގައި އޮތީ ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ސްކައި) އެވެ.

މި މުބާރާތުގެ ގްރޫޕް ‘އޭ’ ގެ ދެ މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު 15:45 ގައި ކުޅޭއިރު، އެ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އާއި ކުޅުދުއްފުށީ މާއްޓޭ ސްޕޯޓްސްއެވެ. ދެވަނަ މެޗު 16:45 ގައި ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ނޭކުރެންދޫ ކްލަބް ސެނޮން އާއި މަކުނުދޫ މާމުޑާ ސްޕޯޓްސް ކްލަބްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ