ހދ. އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ނާއިބު ރައީސްގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބު ކޮށްފި!

ޚަބަރު ފަހުގެ

މި މަޤާމަށް އިންތިޚާބުވެފައިވަނީ ހިރިމަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދެވެ. މި އިންތިޚާބު ބޭއްވުނީ 03 އޮކްޓޫބަރު 2024 ވަނަ ދުވަހު ބޭއްވުނު ހދ. އަތޮޅު ކައުންސިލްގެ 148 ވަނަ ޢާންމު ބައްދަލުވުމުގައެވެ. އަލްފާޟިލް މުޙައްމަދު ވަޙީދު މި މަޤާމާ ޙަވާލުވެފައިވަނީ ހަމަ އެ ދުވަހުން ފެށިގެންނެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރީގެ ނާއިބު ރައީސް، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ޙަސަން އެ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އަބްދުއްސައްތާރު ޙަސަން ވަކިކުރެވުނީ 15 އޯގަސްޓް 2024 ގައެވެ. އޭނާ ވަކިކުރެވުނު ސަބަބަކީ ނާއިބު ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑުތަނުން އިހުމާލުވެ، އަތޮޅު ކައުންސިލަށާއި، އަތޮޅުގެ ރައްޔިތުންގެ ޙައްޤުތަކަށް އިހުމާލުވަމުންދިޔަ ކަމަށް ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އައު ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދު މި މަޤާމާ ޙަވާލުވުމާއެކު، އަތޮޅު ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އަތޮޅުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ