ބީޖޭޕީއާ ގުޅުން ބަދަހިކުރަން ރައީސް މުޢިއްޒު މަޝްވަރާކުރައްވައިފި

ޚަބަރު ފަހުގެ

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ރައީސް ޖަގަތު ޕްރަކާޝް ނައްޑާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ގެންދިޔައީ ރައީސް މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެެވެ.

އިޝްތިހާރު
އިޝްތިހާރު

ބީޖޭޕީގެ ރައީސް “އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީޖޭޕީއާ ޕީއެންސީއާ ދެމެދު ގުޅުން ބަދަހިކުރުމަށާއި ދެ ފަރާތުގެ ހުރި އެއްގޮތް ވިސްނުންތަކާ ގުޅޭ ގޮތުން ވާހަކަތައް ދެކެވުނު ކަމަށެވެ. މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް ރައީސް އޮފީހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެެ.

ރައީސް މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. ރައީސް މުޢިއްޒު އިންޑިޔާ އަށް ކުރަށްވާ ފުރަމާނަ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ