އުރީދޫއިން އެއާ އެމްބިއުލާންސަށް 16 މިލިއަން ރުފިޔާގެ އެހީ ދީފި

ޚަބަރު ފަހުގެ

މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ދަށުން ހަދިޔާ ކުރި ތަކެއްޗެވެ. ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރްގެ މައިގަނޑު އެއް ތަނބު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު މިއަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިއްމު ލައިފްލައިނެކެވެ. އުރީދޫއިން މިދިޔަ މާޗް މަހު ފޯރުކޮށްދިން ޒަރޫރީ ސާމާނަކީ މި ހިދުމަތް ކާމިޔާބުކަމާއެކު ތައާރަފްކުރުމަށް މަގުފަހިކޮށްދިނުމުގައި ވަރަށް މުހިއްމު ބަޔަކަށްވެސް ވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސްގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސް ދީފަ އެވެ.

މި ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އުރީދޫ މޯލްޑިވްސް އިން އެއާ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ސާމާނު ވަނީ ފޯރުކޮށްދީފަ އެވެ. ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ މި އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެކެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އުރީދޫއިން އެއާ އެމްބިއުލާންސް ހިދުމަތަށް ފޯރުކޮށްދިން އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތު ކަމަށް އިސްކަންދީގެން މަސައްކަތް ކުރާ ކަމުގެ ހެއްކެއް ކަމަށެވެ. އުއްމީދަކީ އެހެން ވިޔަފާރިތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި އުރީދޫ ނަމޫނާއަކަށް ބެލުން ކަމުގައިވެސް ވިދާޅުވި އެވެ.

“ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަ ބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި،” އުރީދޫއަށް ތައުރީފް ކުރައްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މުޖުތަމައުގެ އެންމެ މުހިއްމު ބޭނުންތައް ފުއްދުމައްޓަކައި ޕާޓްނަޝިޕް ތަކަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އުރީދޫއިން ގަބޫލުކުރާ ކަމަށެވެ. ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށްވުމާއިއެކު، އެއާ އެމްބިއުލާންސްގެ ހިދުމަތް ކަހަލަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ އުރީދޫ އިން ފަހުރުވެރިވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން އަޅުގަނޑުމެންގެ މުޖުތަމައުތަކާ އެއްބައިވެގެން، ސިއްހީ ހިދުމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް،” ހާލިދު ވިދާޅުވި އެވެ.

އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. އުރީދޫ އިން ހަދިޔާ ކުރި އާލާތްތަކާއެކު މި ހިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރން ްބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ