އީ އިއްޔެ ފާހަގަކުރި މި ޕްރޮގްރާމަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތެވެ.
ހައިޑްރޮޕޯނިކްސް އަކީ ފެނުގައި ގަސް އިންދައި ހެއްދުމެވެ.
ހަނިމާދޫ ސްކޫލްގެ ހައިޑްރޮޕޯނިކްސް ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯބި އުފައްދައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާން ޖީލެއް އުފެއްދުމެވެ.
މި ޕްރޮގްރާމްގެ ދަށުން އެ ސްކޫލްގައި ވަނީ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ޙާޞިލް ކުރެވޭނެ ގޮތަށް ކުޑަ ގްރީންހައުސްއެއް ވެސް ގާއިމްކޮށް ދީފަ އެވެ. އެތަނުގެ ހައިޑްރޮޕޯނިކްސް ސިސްޓަމްގައި ފަތްޕިލާވެލީގެ ބާވަތްތަކާއި ކިޔުކަންބާ އާއި މެލަން ފަދަ ބާވަތްތައް ހައްދާނެ ހައިޑްރޮޕޯނިކްސް ނިޒާމެއް ގާއިމުކޮށްފައިވެ އެވެ.
މި ޕްރޮގްރާމްގައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްގެ ޕީޓީއޭގެ މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 50 ބައިވެރިން ބައިވެރިވެ އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ ހަނިމާދޫ ސްކޫލުން ފެށި ޕްރޮގްރާމަކީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާ އާއި އިލްމު ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ