ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024: ޕާކިސްޓަން ބަލިކޮށް އިންޑިޔާގެ ފެށުން ރަގަނޅު ކޮއްފި

ކުޅިވަރު ފަހުގެ

ނޭޕާލްގެ ކަތުމަންޑޫގެ ދަޝަރަތު ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު ކުޅުނު ސާފް ޗެމްޕިއަންޝިޕް 2024 ގެ ފުރަތަމަ މެޗް އިން ޕާކިސްތާނު އަތުން 5-2 އިން މޮޅުވެ އިންޑިއާ ގެ ފެށުން ރަގަނޅު ކޮއްފިއެވެ.

މިމެޗުގައި އިންޑިއާގެ އަންހެން ފުޓްބޯޅައަށް ވެސް ވަނީ ދެ މައިލްސްޓޯނެއް ފެނިގެން ގޮސްފައެވެ. އަންހެން ފުޓްބޯޅައިގައި ބައިނަލްއަގްވާމީ ގޮތުން 100 މެޗު ކުޅުނު ފުރަތަމަ އިންޑިއާގެ ކެޕްޓަން އަޝަލަތާ ދޭވީ ވެގެން ދިޔައިރު، ބާލާ ދޭވީ ވަނީ ބައިނަލްއަގުވާމީ ގޮތުން 50 ވަނަ ލަނޑު ޖަހައި، އެ ކާމިޔާބީ ހާސިލްކުރި ފުރަތަމަ އިންޑިއާ އަންހެން ކުޅުންތެރިޔާ ވެސް ވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ 5 މިނެޓުތެރޭގައި އިންޑިޔާވަނީ ޕާކިސްތާން ކޮޅަށް ލަނޑެއް ޖަހާ 1-0 ގެ ނަތީޖާއިން ކުރިހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ގްރޭސް ޑަންގްމޭއީއެވެ. މެޗްގެ 17 ވަނަ މިނެޓުގައި އިންޑިޔާވަނީ ޕާކިސްތާން ކޮޅަށް ދެވަނަ ލަނޑު ކާމިޔާބުކޮށް 2-0 ގެ ނަތީޖާއިން މެޗްގެ ލީޑު ފުޅާކޮއްފައެވެ. މި ލަނޑުކާމިޔާބުކޮށްދިނީ މަނީޝާ ކަލްޔަންއެވެ. މެޗްގެ 35 ވަނަ މިނެޓުގައި އިންޑިޔާ އިތުރު ލަނޑެެއްޖާހާ 3-0 ގެ ނަތީޖާއިން އިތުރަށް ލީޑުފުޅާކޮއްފައެވެ. މިލަނޑު ކާމިޔާބުކޮއްދިނީ ބާލާ ދޭވީއެވެ. މިލަނޑާއެކު އޭނާ އަށްވަނީ ބައިނަލްއަގުވާމީ ގޮތުން 50 ވަނަ ލަނޑު ކާމިޔާބުކުރެވިފައެވެ. މެޗްގެ 42 ވަނަ މިނެޓުގައި އިންޑިއާ އިތުރު ލަނޑެއްޖަހާ 4-0 ގެ ނަތީޖާއިން މެޗްގެ ބޮޑު ލީޑެއްނަގާފައެވެ. މިލަނޑު ކާމިޔާބު ކުރީ އިންޑިއާއަށް ފުރަތަމަ ލަނޑު ކާމިޔާކޮއްދިން ގްރޭސް ޑަންގްމޭއިއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުތެރޭގައި ޕާކިސްތާން ވަނީ އިންޑިއާ ކޮޅަށް ލަނޑެއްޖަހާ 4-1 ގެ ނަތީޖާއަށް ބަދަލުކޮފައެވެ. މިލަނޑު ޕާކިސްތާންއަށް ކާމިޔާބު ކޮއްދިނީ ސުހާ ހިރާނީއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއިން އިންޑިއާ ކުރިހޯދައިގެންނެވެ.

ދެވަނަ ހާފް ފަށާފައި ޕާކިސްތާންއިން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެގޮރުން މެޗް ގެ 47 ވަނަ މިނެޓްގައި ޕާކިސްތާން ވަނީ އެޓީމްގެ ދެވަނަ ލަނޑުހަޖާ 4-2 ގެ ނަތީޖާއަށް ބަދަލުކޮއްފައެވެ. މިލަނޑު ކާމިޔާބުކޮއްދިނީ ކައިލާ މާރީއެވެ. އިންޑިއާއިން 5 ވަނަ ލަނޑު ކާމިޔާބުކޮއްފައިވަނީ މެޗްގެ 78 މިނެޓުގައެވެ. މި ލަނޑުކާމިޔާކޮށްދިނީ އިންޑިއާ ޓިމްގެ ޖިއޯޓީ ޗައުހާންއެވެ. މިމެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު 5-2 ގެ ނަތީޖާއިން ވަނީ އިންޑިއާ މޮޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި އިންޑިއާގެ އަންހެން ފުޓްބޯޅަ ޓީމު އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހު އެވެ. ސެމީ ފައިނަލަށް ދާނީ ގްރޫޕްގެ އެންމެ މޮޅު ދެ ޓީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ