ހދ. ހަނިމާދޫގައި ތިލަދެކުނު ޤުރްއާން މުބާރާތް 2024 ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ތިލަދެކުނު ޤުރްއާން މުބާރާތް 2024 އިއްޔެ ހދ. ހަނިމާދޫގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށްދަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކަމަށްވާއިރު، މުބާރާތް ނިމުމަކަށް އަންނާނީ ނޮވެންބަރ 2 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ތިލަދެކުނުގެ 13 ރަށަކުން ޖުމުލަ 15 ސްކޫލަކުން ވާދަކުރާއިރު، މުޅި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އަދަދަކީ 203 އެވެ. މީގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިން 117 ދަރިވަރުން އަދި ނުބަލައި ކިޔެވުމުގެ ގޮފިން 86 ދަރިވަރުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މުބާރަތުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ އަލްޤާރީ އަޙްމަދު ތައުފީޤް، އަލްޤާރީ އިބްރާހިމް ޝަރީފް އަދި އަލްޤާރީ މޫސާ އަޙްމަދެވެ.

މި މުބާރާތަކީ ތިލަދެކުނު ސަރަޙައްދުގެ ދަރިވަރުންގެ މެދުގައި ޤުރްއާން ކިޔެވުމުގެ ފަންނު އިތުރަށް ކުރިއެރުވުމަށާއި، ޤުރްއާނަށް ލޯބިޖެއްސުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.

މުބާރާތުގެ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މުބާރާތް ނިމުމާއެކު ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ