އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެ ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ

ފަހުގެ ސިޔާސީ

ރާޢްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އަލުން ވަޑައިގަތުމުގެ ޝައުގުވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ މައިގަނޑު ތިން ކަމެއް ހާސިލް ކުރެއްވުމަށް ކަމަށެވެ.

އެގޮތުން އިންޑިއާގެ އަސްކަރިއްޔާއިން ރާޢްޖޭގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމާއި ރާއްޖޭގެ ކަނޑުން ގެއްލިފައިވާ ބައި ހޯދުން ހިމެނޭ ކަމަށް ރައީސް ޔާމީން ވިދަޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“އަޅުގަނޑު ކުރިމަތި ލުމުގަ އޮތީ މައިގަނޑޫ ތިން ކަމެއް. ފުރަތަމަ ކަމަކީ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދު ހޯދުމާއި އަދި ހޯދޭ ކަމަށް ވަންޏާ ފޯޅަވަހި ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރުން. ދެން އިންޑިއާ އަސްކަރިއްޔާ މިތަނުން ބޭރުކުން” ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނޫން އެހެން އެއްވެސް ލީޑަރަކަށް އެދެކަން ކުރައްވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންނަކީ “ކޮމްޕްރޮމައިޒް” ވެފައި ތިއްބެވި ލީޑަރުން ކަމަށާއި ހަމަ އެކަނި އެ ދެކަން ކުރުމަށްޓަކައިވެސް ޚިދުމަތުގެ އިތުރު ފުރުސަތެއް ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ