ފެތުމުގެ ގައުމީ ރެކޯޑު ތަކެއް ޒުވާން ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން އާކޮށްފި

ކުޅިވަރު ފަހުގެ

ގައުމީ ގިނަ ރެކޯޑު ތަކެއް އާކުރަމުންއަންނަ އާން މިފަހަރު އާކޮށްފައިވަނީ ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އާއި ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ އިތުރުން ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.

ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފައިވަނީ ހަންގޭރީގައި ކުރިއަށްދިޔަ 2 ވަނަ ޝޯރޓް ޓްރެކް ބުޑަ ކަޕްގައެވެ. އާން މިރެކޯރޑް އާކޮށްފައިވަނީ 00:24.29 އިން ރޭސް ނިންމައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް އާންއެވެ. އެއީ 2021 ވަނަ އަހަރު ބޭއްވުނު 15 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 00:25.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ދެ ފަހަރެއްގެ މަތިން އާން ވަނީ މި މުބާރާތުގައި އާކޮށްފައެވެ.

2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި 00:56:25 ސިކުންތުން ރޭސް ނިންމައިގެން ނިޝްވާން އިބްރާހިމް އާކުރި ރެކޯޑު އާން މިފަހަރުގެ މުބާރާތުގައި އާކޮށްފައިވަނީ 00:54:89 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި މުބާރާތުގައި ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ދެވަނަ ފަހަރަށް އާން އާކޮށްފައިވަނީ 00:53:45 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފިރިހެނުންގެ ޝޯރޓްކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އާން އާކޮށްފައިވަނީ ހަންގޭރީގައި މިހާރު ކުރިއަށްދާ އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓް ޓްރެކް ޗެމްޕިއަންޝިޕްގައެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އާން އާކޮށްފައިވަނީ 00:28.22 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ މިއަހަރު މެދުތެރޭގައި ބޭއްވި އޭ.އޯ.އެސް.އައި ޝޯރޓްކޯސް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި މުޙައްމަދު ރިހާން ޝިޙާމެވެ. 50 މީޓަރ ބެކްސްޓްރޯކް އިވެންޓު ރިހާން ނިންމާފައިވަނީ 00.29.06 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ