މޫދަށް އެރުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

ފަހުގެ ހަނިމާދޫ

ފުލުހުން މިއަދު ބުނީ ހުޅުމާލެ ބީޗަށް މޫދަށް އެރުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެއް ފުލުހުނަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނި މިމަހުގެ 15 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވަނީ ހުޅުމާލެ މޫދުގައި އުޅޭ އެހެން ކުދިންގެ ކައިރީގައި ވެސް އެކަހެރި ހިސާބުތަކަށް ދާން އެ ފިރިހެން މީހާ ބުނެފައިވާ ކަމަށެވެ. އަދި އެކުދީންގެ ނުރުހުމުގައި ކުދިންގެ ގައިގައި އަތްލާން އުޅުނު ކަމަށާއި ފުލުހުނަށް އެވަގުތު މައްސަލަ ރިޕޯޓުކޮށް އެމީހާ ފުލުހުންނާއި ހަވާލުކުރި ކަމަށެވެ.

އެޕޯސްޓުގައި ބުނެފައިވާގޮތުގައި މި މައްސަލާގައި ތުހުމަތު ކުރެވޭ މިހާއަކީ ހުޅުމާލެ ފޭސް1ގެ މާރުކޭޓުގައި މަސް ވިއްކަން އުޅޭ މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ