ހަނިމާދޫ ސްކޫލްގައި ޓާރފް ދަނޑެއް ހުުޅުވައިފި

ފަހުގެ ހަނިމާދޫ ނޫތަރި

ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހަނިމާދޫ ކައުންސިލާއި ސްކޫލް ގުޅިގެން ތަރައްޤީ ކުރި ޓާރފް ދަނޑު ހުޅުވާފައި ވަނީ ހަނިމާދޫ ސްކޫލްގެ ގޯތިތެރޭގައި އެކަމަށް ޚާއްސަކޮށްގެން ބުދަ ދުވަހު ބޭއްވި ހަފުލާއެއްގައެވެ.

ދަނޑު ހުޅުވުމުގެ ގޮތުނެް ރެބަން ކަނޑައި ދެއްވީ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހަފްލާގައި ވަނީ ހަނިމާދޫ ކައުންސިލުން ހަނިމާދޫ ސްކޫލަށް ފެންކޫލަރެއްވެސް ހަދިޔާ ކޮށްފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވީ މިއަދު މި ހުޅުވުނު ދަނޑާއިއެކު މި އަހަރު ކައުންސިލުން ސްކޫލަށް ވީ ވައުދުގެ %90 ނިމިގެން ދާކަމަށްށެވެ. އޭގެ އިތުރުން ސްކޫލްގެ ސްޑަޓީ ކޭމްޕްތަކަށް ވާނީ ލައްކައަކަށް ވުރެ ބޮޑު ޚަރަދެއް ކައުންސިލުން ކޮށްދީފައި ކަމަށެވެ. ހަމައެއާއެކު ނައިބު ރައީސް ވިދާޅުވީ ތަޢުލީމަށްޓަކައި ސްކޫލަށް ބޮޑު ހޭދައެއް ކައުންސިލުގެ ފަރާތުން ކޮށްދެއްވާނެ ކަމަށެވެ.

ވާހަކަފުޅު ނިންމަމާލައްވަމުން ނައިބު ރައީސް ވިދާޅުވީ އަންނަ އަހަރު އިތުރު އާ ކަންތައްތައް ސްކޫލަށް ކޮށްދިނުމުގެ އުއްމީދު އޮންނެވިކަމަށެވެ.

ސްކޫލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ނާހިދު ވިދާޅުވީ ބޭނުންވަނީ ވަކި ތަރުތީބަކުން ކުޅިވަރުގެ ދާއިރާއިން ކުދިންނަށް ފުރުސަތުތައް ފަހި ކޮށްދެއްވަވަން ކަމަށެވެ.

އަދި ޓާފް ހަދިޔާ ކޮަށްދެއްވީތީ ހަނިމާދޫ ދާއިރާގެ މެންބަރ ޢަބުދުލް ގަފޫރު މޫސާއަށް ވަނީ ޝުކުރު ދަންނަވާފައެވެ. އޭގެ އިތުރުން ޕްރިންސިޕަލް ވަނީ މިކަން ކުރުމަށް ޖުމްލަ ގޮތެއްގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ