އައްޑޫން ފުރި ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި

ޚަބަރު ފަހުގެ

އައްޑޫން ފުރައިގެން މާލެ އަށް ދަތުރުކުރި ބޯޓަކުން ގެއްލުނު ނޭޕާލް މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު މެދުކަނޑާލައިފި އެވެ.

“ސީމެކްސް” ކިޔާ ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ރާޖު ކުމާރު ގެއްލުނު ކަމުގެ ރިޕޯޓް މިދިޔަ ހޯމަ ދުވަހުގެ ރޭ ކޯސްޓް ގާޑަށް ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އައީ ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން ބުނީ، ރާޖު ކުމާރު ހޯދުމުގެ މަސައްކަތް މެދުކަނޑާލުމާ ހަމައަށް މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދު އިއްޔެ ބެލި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އައީ އަސްކަރީ ޑްރޯންގެ ބަދަލުގައި ކަނޑުމަގުން ކަމަށް ކޯސްޓްގާޑުގެ އުޅަނދުތަކުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު، މި އޮޕަރޭޝަންގައި ޑްރޯން ބޭނުން ނުކުރި ސަބަބެއް އެމްއެންޑީއެފުން އަދި ނުބުނެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އައްޑޫން ފުރި ސީމެކްސް ބޯޓުގައި ރާޖު ކުމާރު ނެތްކަން އެނގުނީ ކޯސްޓްގާޑުން ބުނެފައިވާ ގޮތުގައި އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.

އެކަމަކު، އެ ބޯޓު އައްޑޫން ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި ހޯމަ ދުވަހުގެ ރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ