އަހުލީން ސާއްބަ އެނިވަރސަރީ ކަޕްގެ ކިންގު ބަލިކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓު ބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު “ޔޫތު ފުރެންޑްސް” އާ ބައްދަލުކޮށް 1-3 އިން “އަހުލީ” ކާމިޔާބު ކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައެވެ. މިއީ ޔޫތު ފުރެންޑްސްގެ ޖޯޒީ ނަންބަރު 33 ޖާދު ﷲ ޢަލީ ޖެހި ލަނޑެކެވެ. މިލަނޑު ޖެހިތާ 4 ވަރަކަށް މިނެޓު ފަހުން އަހުލީން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އަހުލީގެ ޖޯޒީ ނަންބަރު 12 އަލީ ހުސެއިން އެވެ. މިލަނޑާއެކު އަހުލީން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ ކޮންޓްރޯލް ނަގައި މެޗުގެ 17 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައިފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އަލީ ހުސައިނެވެ. އޭގެ 10 މިނެޓް ފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އަހުލީންވަނީ ލީޑު އިތުރަަށް ފުޅާ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 5 މުޙައްމަދު ހާލިދެވެ. ފުރަތަމަ ހާފު ނިމުނީ 3-1 އަހުލީ ކުރީގައި އޮވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފުގައި ޔޫތު ފުރެންޑްސްއިން ކުޅުން ރަނގަޅު ކުރިނަަމަވެސް ލަނޑެއް ކާމިޔާބުވާގޮތެއް ނުވިއެވެ.

މި މެޗުގައި 3 ރީނދޫ ކާޑު ފެނިގެން ގޮސްފައިވެއެވެ. އެގޮތުން އަހުލީގެ ޢަލީ ހުސައިން އަށް ކުރި ފައުލަކާ ގުޅިގެން ޔޫތު ފުރެންޑްސް ޖާޒީ ނަންބަރު 96 އާލިފު އިބުރާހިމް އަށްވަނީ ރީނދޫ ކާޑެއް ދައްކާފައިވެއެވެ. ދެން މި މެޗުގައި ރީނދޫ ކާޑު ދައްކާފައިވަނީ ޔޫތު ފްރެންޑްސްގެ ޖޯޒީ ނަންބަރު 34 އާދަމް އިބްރާހިމަށާއި އަހުލީގެ ޖޯޒީ ނަންބަރު 22 ޙުސެއިން އިބްރާހީމަށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަހުލީއަށް 2 ލަނޑު ކާމިޔާބު ކޮށްދިން އެޓީމުގެ ޖޯޒީ ނަންބަރު 12 އަލީ ހުސެއިނެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެެސް އޮންނާނެއެވެ. މާދަމާ ބައްދަލު ކުރާނީ ރޫހު އާއި ރިއަލް ސްޓަރސް އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި މާދަމާ 15:50 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ