3 ރަށެއްގެ ނުނިނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ފެނެކައާއި ހަވާލުކޮށްފި

ޚަބަރު ފަހުގެ

3 ރަށެއްގެ ނުނިނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ފެނަކައާއި ހަވާލުކޮށްފިއެވެ.

އެ މިނިސްޓްރީން ފެނަކައާއި ހަވާލުކޮށްފައި ވަނީ ށ. މާއުނގޫދޫ، ށ.ނަރުދޫ އަދި ނ. ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިދިޔަ ބުރާސްފަތި ދުވަހު އެކުލަވާލި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ ހަސަން ރަޝީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްއެވެ.

އެގޮތުން ށ. މާއުނގޫދޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 46،700،916.26 ރުފިޔާ އަށް 540 ދުވަސް ތެރޭގައި ނިންމުމަށެވެ. އަދި ށ.ނަރުދޫގެ މަސައްކަތް ނިންމުމަށް ވެސް 540 ދުވަސް ދީފައިވާއިރު ކޮންޓްރެކްޓުގެ އަގަކީ 36،858،717.05 ރުފިޔާއެވެ.

އަދި ހަމައެހެންމެ ނ. ޅޮހީގެ މަސައްކަތް ނިންމުމަށް 540 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެ ރަށުގެ ކޮންޓްރެކްޓުގެ އަގަކީ 37،844،864.34 ރުފިޔާއެވެ. މިތިން ރަށުގެ މަސައްކަތަށް 121 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު