ރިއަލް ސްޓަރސް އަތުން މޮޅުވެ ޔޫތު ފުރެންޑްސް އެނބުރި ޕޮއިންޓް ތާވަލުގެ އެއްވަނައަށް

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އަހަރީ ކަޕް 2020 ފުޓު ބޯޅަ މުބާރަތުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން ރިއަލް ސްޓަރސްއާ ބައްދަލުކޮށް ޔޫތު ފުރެންޑްސް މޮޅުވެއްޖެއެވެ. މި މެޗުން އެޓީމު ޔޫތު މޮޅުވީ 1-0 ނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ފެނިގެންގޮސްފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފުގަައި ޔޫތު ފުރެންޑްސް ވަނީ ރިއަލް ސްޓަރސް ކޮޅަށް ނުރައްކާކޮށްފައެވެ. ހަމަ އެހެންމެ ރިއަލް ސްޓަރސް ވެސް ވަނީ ޔޫތު ފުރެންޑްސް ކޮޅައް ނުރައްކާ ކުރެވޭތޯ މަސައްކަތްކޮށްފައެވެ. ދެވަނަ ހާފުގެ 31 މިނެޓުގެ ތެރޭގައި ޔޫތު ފުރެންޑްސް ވަނީ ރިއަލް ސްޓާރސް ކޮޅައް ލަނޑެއް ޖަހާ 1-0 ށް ނަތީޖާ ބަދަލުކޮއްފައެވެ. މިލަނޑު ޔޫތު ފުރެންޑްސްއަށް ކާމިޔާބު ކޮއްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 30 އަަޙްމަދު ހަލީލްއެވެ. މި ލަނޑަށް ފަހު ޔޫތު ފުރެންޑްސްވަނީ އިތުރު ހަމަލާތަކެއް ރިއަލް ސްޓާރސް ކޮޅަށް ފޮނުވާލާފައެވެ.

މިމެޗުން ލިބުން 3 ޕޮއިންޓާއެކު ޖުމުލަ 9 ޕޮއިންޓު ހޯދައިގެން ޔޫތު ފުރެންޑްސް އޮތީ ތާވަލުގެ އެއް ވަނައިގައެވެ. އަދި ރިއަލް ސްޓާރސް އޮތީ 3 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައެވެ.

މި މުބާރާތުގެ މެޗެއް މިއަދު 15:50 ގައިވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޔުނީފޯމާއި ޝީލްޑެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ