އަޒުރު އެއަރ ޔޫކްރެއިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޚަބަރު ފަހުގެ

އަޒުރު އެއަރ ޔޫކްރެއިންގެ ޙާއްސަ ދަތުރުތަކެއް ރާއްޖެއަށް ފަށައިފިއެވެ. މިއީ އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއަށް ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރެވެެ. މިއަދު ފަތިހު އެ އެއަރލައިންގެ ފުރަތަމަ ފުލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

އަޒުރު އެއަރ ޔޫކްރެއިންގެ ފުރަތަމަ ފްލައިޓުވެސް ފުލްކޮށް ރާއްޖެއަށް އައިސްފައިވާއިރު، މި ފްލައިޓުގައި ރާއްޖެއަށް 311 ފަތުރުވެރިން ވަނީ އައިސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޫކްރެއިންގެ ވެރިރަށް ކިއެވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޒުރު އެއަރ ޔޫކްރެއިންއިން ކުރާ މި ދަތުރުތައް އަންނަ މާރޗުމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން ޖުމްލަ 17 ދަތުރު އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއަށް ކުރާނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ