ސުނާމީގައި ދެއްކި އެއްބައެއްވަންކަން ދައްކައިފިނަމަ މައްސަލަތައް ޙައްލުވާނެ – ރައީސް

ޚަބަރު ފަހުގެ

ސުނާމީ ކާރިޘާގައި ދިވެހިން ދެއްކި އެއްބައެއްވަންތަކަމުގެ ރޫޙުގައި ދިވެހިން ކުރިއަށްދާން ޢަޒުމް ކަނޑައަޅައިފިނަމަ، މިހާރު ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަކީ، މާ އުނދަގޫ ކަމަކަށް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 21 ވަނަ ޤަރުނުގެ ފުރަތަމަ 20 އަހަރު ނިމިގެންދާއިރު، މިވަނީ ރާއްޖޭގެ ތާރީޚު މީގެ ކުރިން ނުދެކޭފަދަ، 2 ކާރިސާއަކާއި ކުރިމަތިލާންޖެހިފައިކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. އެދުވަސް އެގޮތުގައި ފާހާގަކުރަނީ 82 ދިވެހިން މަރުވެ 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލުނު ހާދިސާއާއިން އަރައިގަތުމަށް ދިވެހިން ދެކި އެއްބައިވަންތަކުމުގެ ނަމޫނާގެ ހަނދާންތައް އައުކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްހުމްޖޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސުނާމީ ކާރިޘާގެ ދުވަސް، ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ވަރަށް މުހިންމު ސަބަބުތަކަކާ ހުރެކަމަށެވެ. މިގޮތުން ފުރަތަމަ ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ އެކާރިޘާ ކުރިމަތިވި ނާޒުކު ވަގުތުގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ދިވެހި ދަރިން ދެއްކި އެއްބައިވަންތަކަމެވެ. ދެވަނަ ސަބަބެއްކަމަށް ވިދާޅުވީ ސުނާމީން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި ހިންގި ޙަރަކާތްތަކުގައިވެސް، ރައްޔިތުން ސާބިތުކޮށްދިން އެއްބައިވަންތަކަން ކަމަށެވެ.

ސުނާމީގެ ކާރިޘާ ދިމާވި ވަގުތު ހުންނެވީ އުފަން ރަށުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ވީކަމެއްހެން އެދުވަހުގެ އެ މަންޒަރުތައް މިއަދުވެސް ލޮލަށް ފެންނަމުންދާކަމަށެވެ. އަދި ރައްޔިތުން އުޅުނު ޙާލާއި ކުރިމަތިވި ބިރުވެރިކަން، އެއީ ހަނދާނުން ދުވަހަކުވެސް ފޮހެވޭނެ ކަންކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ދުވަހު ދިވެހިން ވަނީ ދިވެހިންގެ މެދުގައި އޮތް ލޯބާއި ގުޅުން ސާބިތުކޮށްދީފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

” އެދުވަހުގެ ބިރުވެރި ވަގުތުގައި، އަޅުގަނޑުމެންގެ މެދުގައި އޮތް އިންސާނިއްޔަތުކަމުގެ ގުޅުން ވަރަށް ރަނގަޅަށް ސާބިތުވެގެން ދިޔަ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި ކެމްޕޭން ހިނގަމުން ދިޔަ ދުވަސްވަރު. ނަމަވެސް ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، ޤައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އެންމެން އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށް.” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު ކޮންމެ މީހެއްގެވެސް ޒިންމާތަކެއްވާކަމަށެވެ. އެގޮތުން ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫޙުގައި ކުރިޔަށްދާނަމަ ހައްލު ނުކުރެވޭނެ މައްސަލަތަކެއް ނޯންނާކަމަށެވެ.

” ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ޤައުމުގައި ހުރި ޤައުމީ ބޮޑެތި މައްސަލަތަކާ މެދު، ކޮންމެ މީހަކުވެސް ފިކުރު ހިންގުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް. ސުނާމީ ކާރިސާގައި ދިވެހިން ސާބިތުކޮށްދިން އެއްބަނޑުއެއްބަފާކަމާއި، އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙުގައި ކުރިއަށްދާން ޢަޒުމް ކަނޑައަޅައިފި ނަމަ، މިހާރު ޤައުމުގައި ހުރި ބޮޑެތި މައްސަލަތައްވެސް، މާތް ﷲގެ ވާގިފުޅާއެކު ޙައްލުކުރުމަކީ، މާ އުނދަގޫ ކަމަކަށް ނުވާނެ.” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ސުނާމީ ކާރިސާގެ ހަނދާންތައް އައުކުރައްވަމުން ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް އިންސާނުންގެ އަމަލުތަކުން ކުރާނެ ނޭދެވޭ އަސަރުތަކަށް ބައްލަވާލައްވާ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިގޮތުން ސަރުކާރުގެ އަމާޒަކީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން، 2023 ގެ ނިޔަލަށް ހުއްޓާލުންކަމަށެވެ. އަދި މިކަން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ސަރުކާރުން އެކަނި މި ލަނޑުދަނޑި ޙާޞިލްނުކުރެވޭނެކަމަށާއި މިކަމުގައި އެންމެން އެކުގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ