ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ނުވަ ވަނަ މެޗު، ޔުނީފޯމް ކޮޅަށް 6 ލަނޑު ޖަހާ ޝީލްޑުން ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ޝީލްޑު މޮަަޅުވީ 6-0 ނެވެ.
ގިނަ ވަގުތު މެޗު ކޮންޓްރޯލުކޮށްގެން ކުޅުނީ ޝީލްޑުންެނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޝީލްޑްގެ ޖޯޒީ ނަންބަރު 11 އާސިފު ސަލީމެވެ. ދެވަނަ ލަޑު 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝީލްޑުގެ ޖޯޒީ ނަންބަރު 07 ހުސެއިން ޝަރީފެވެ. ތިންވަނަ ލަޑު 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު މުޖުތޮބާ ޖޯޒީ ނަންބަރު 14 އެވެ. ހަތަރު ވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ޖެހީ ހުސެއިން ޝަރީފެވެ. މި ލަނޑަކީ ޔުނީފޯމް ޓީމުގެ ޖޯޒީ ނަންބަރު 5 އިބްރާހީމް އަލީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ. މީގެ އިތުރުން ޝީލްޑުގެ ޖޯޒީ ނަންބަރު 5 އަހްމަދު ސަލީމް ވަނީ 40 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބުކޮށް 5-0 ނަތީޖާ ބަދަލު ކޮށްލާފައެވެ ފުރަތަމަ ހާފު ނިމުނީ މިނަތީޖާއިންނެވެ.
ދެވަނަ ހާފުގައި ކުޅެން ނުކުމެ ދޭތެރެ ދޭތެރެއިން ޔުނީފޯމުން ޝީލްޑް ކޮޅަށް ހަމަލާތައް އުފެއްދިނަމަވެސް ގިނައިން ނުރައްކާތެރި ހަމަލާތައް ފޮނުވާލީ ޝީލްޑުންނެވެ. ދެވަނަ ހާފުގެ 6 ވަނަ މިނެޓުގައި ޝީލްޑުގެ 6 ވަނަ ލަނޑު ފެނިގެން ދިޔައިރު މި ލަނޑު ކާމިޔާބުކުރީ ޝީލްޑުގެ ޖޯޒީ ނަންބަރު 14 އަހުމަދު މުޖުޠަބާއެވެ. މި ހާފުގައި އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަނަމަވެސް ބޭނުން ހިފޭގޮތެއް ނުވިއެވެ.
6-0 ގެ ނަތިޖާއިން މެޗު ނިމިގެން ދިޔައިރު، މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޝީލްޑުގެ ޖޯޒީ ނަންބަރު 07 ހުސެއިން ޝަރީފެވެ.
މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅޭނެއެވެ. ބައްދަލު ކުރާނީ އަހުލީ އާއި ރޫހް އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި 15:50 ގައެވެ.