ފަހު ވަގުތު ޖެހި ލަނޑުތަކުން އަހުލީގެ މައްޗަަަށް ރޫހުން ކުރިހޯދައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓުބޯޅަ މުބާރާތުގައި އާދިއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން އަހުލީ އަތުން ރޫހު ހައިރާން ކުރުވަނިވި ގޮތަކަށް މޮޅުވެއްޖެއެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ އަހުލީގެ މައްޗަށް ރޫހު ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފުގެ 14 މިނެޓުގައި އަހުލީން ވަނީ ރޫހު ކޮޅަށް ލަނޑެއް ޖަހައިފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރު 5 މުޙައްމަދު ޙާލިދުއެވެ. ފުރަތަމަ ހާފުގައި އަހުލީން ވަނީ ރޫހު ކޮޅައް ހަމަލާ ތަކެއް ކުރިމަތިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަހުލީ ޓީމުގެ ޖާރޒީ ނަންބަރ 16 މުޙައްމަދު ރިިޝްފާން ކުރި ފައުލަކާ ގުޅިގެން ފުރަތަމަ ހާފުގައި އޭނާއަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ހަމަ މި ހާފުގައި 34 ރޫހުގެ ޖާރޒީ ނަންބަރު 28 އަޙްމަދު އަޒްމީލަަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން އަހުލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ރޫހުން ވަނީ އަހުލީ ކޮޅައް ނުރައްކާތެރި ހަމަލާތަކެެއް ކޮށްފައެވެ. މި ހާފުގެ 58 ވަނަ މިނެޓުގައި އަހުލީގެ ޖާރޒީ ނަންބަރު 5 މުޙައްމަދު ޙާލިދުއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައިފާއިރު، އެޓީމުގެ ޖާރޒީ ނަންބަރު 40 މުޙައްމަދު އައްސަދަށް މެޗުގެ 65 ވަނަ މިނެޓުގައި ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗްގެ 74 ވަނަ މިނެޓު ތެރޭގައި ރޫހުން ވަނީ އަހުލީ ކޮޅަށް ލަނޑެއް ޖަހާ 1-1 ކުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާރޒީ ނަންބަރު 5 އަލީ ރަމީޒެވެ. މި ލަނޑާއެކު އަހުލީ ޓީމުން ވަނީ ކުޅުން ބަދަލުކޮށް 85 ވަނަ މިނެޓުގައި ލަނޑެއްޖަހާ 2-1 ކުން ލީޑު ނަގައިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު މިނެޓުގެ ގޮތުގައި ދެއްކި 6 މިނެޓް ތެރޭގައި ރޫހުންވަނީ 3 ލަނޑު ޖަހާ 4-2 ކަށް ނަތީޖާ ބަދަލުކޮށްފައެވެ. އެގޮތުން ލަނޑުތައް ޖަހާފައިވަނީ 92، 94 އަދި 96 ވަނަ މިނެޓުގައެވެ. ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 9 މުޙައްމަދު އަހްމަދާއި ޖާރޒީ 47 ﷲއަބްދު ޝާކިރާއި ޖާރޒީ ނަންބަރު 30 އަޙްމަދު އަލީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހުގެ ޖާރޒީ ނަންބަރު 47 ﷲއަބްދު ޝާކިރެވެ.

މި މުބާރާތުގެ މެޗެއް މިއަަދު ހަވީރު 15:50 ގައި ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅޭނެއެވެ. ބައްދަލުކުރާނީ ރިއަލް ސްޓަރސް އާއި ޝީލްޑެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ