ސާއްބަ އެނިވަރސަރީ ކަޕް 2020 ގައި ބައިވެރި ޓީމުތަކަށް އެ ކުލަބުން ބޯޅަ ހަދިޔާކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން މިހާރު ހަނިމާދޫގައި ކުރިއަށް ގެންދާ ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓު ބޯޅަ މުބާރާތުގައި ބަައިވެރިވެފައިވާ ޓީމުތަކަށް ބޯޅަ ހަދިޔާކޮށްފިއެވެ.

މިމުބާރާތުގައި ޖުމުލަ ހަ ޓީމު ބައިވެރިވެފައިވެއެވެ. އެއީ ޔުނީފޯމް، ރިއަލް ސްޓަރސް، ރޫހް، ޝީލްޑް، އަހުލީ އަދި ޔޫތު ފުރެންޑްސްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޔުނީފޯމް އަދި ޝީލްޑަށް ބޯޅަ ހަވާލުކޮށްދެއްވީ ސާއްބަ އެކުވެރި ކުލަބުގެ ހަޒާންދާރު ހަސަން ޒިޔާދުއެވެ. ޔޫތު ފުރެންޑްސް އަދި ރޫހް އަށް ބޯޅަ ހަވާލުކޮށްދެއްވީ އެކުލަބުގެ އިންތިޒާމު ސެކެރެޓަރީ ދާޢޫދު ރަޝީދެވެ. ރިއަލް ސްޓަރސްއަށާއި އަހުލީއަަށް ބޯޅަ ހަވާލުކޮށްދެއްވީ ސާއްބަ އެނިވަރސަރީ ކަޕް 2020 ގެ ކޯޑިނޭޓަރ އަހުމަދު ޖަލީލެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ