ފުލުހުން ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާ ކަމަށެވެ.
އުމުރުން 65 އަހަރުގެ އަބްރުއްރަހީމް މަރާލައިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްއަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅި ތެޅި އޮއްވައެވެ. އޭނާއަށް ހަމަލާދިނީ ނިދާފައި އޮއްވައެވެ.
މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެ ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފައެވެ.
ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމަކުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރުމަށް މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.


