ޝީލްޑު އަތުން ބަލިވެ، މުބާރާތަށް އަލްވަދާޢު ކިޔަން އަހުލީއަށް ޖެހިއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ޝީލްޑު އަތުން ބަލިވެ އަހުލީއަށް މުބާރާތަށް އަލްވަދާޢު ކިޔަން ޖެހިއްޖެއެވެ. މިމެޗުން ޝީލްޑު މޮޅުވީ 2-1 ންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ފެނިގެންދިޔައީ ދެ ޓީމުވެސް ރަނގަޅު ފޯމެއްގައި އޮވެ ކުޅުނުތަނެވެ. އެގޮތުން ދެ ޓީމުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް ގޯލަށް އަމާޒުކޮށް ފޮނުވާލައިފައެވެ. ނަމަވެސް މި ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުވާގޮތެއް ނުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗްގެ ދެވަނަ ހާފުގެ 75 ވަނަ މިނެޓްގައި ޝީލްޑުން ވަނީ 1-0 ން ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރު 7 ހުސެޢިން ޝަރީފެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮަށް، 90 ވަނަ މިނެޓުގައި އަހުލީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަހުލީގެ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާރޒީ ނަންބަރު 5 މުޙައްމަދު ޙާލިދެވެ. މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ސީލްޑުން ވަނީ އަހުލީ ކޮޅަށް ލަނޑެށް ޖަހާ 2-1 ށް ނަތީޖާ ބަދަލުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާރޒީ ނަންބަރ 15 އަލީ ފަޒީނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޝީލްޑުގެ ޖާރޒީ ނަންބަރު 11 އާސިފް ސަލީމެވެ. މޭން އޮފް ދަ މެޗަށް އިނާމު ހަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބްރާހިމް އަލީއެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު 15:50 ގައި ހަނިމާދޫ ރަސްމީ ފުޓް ބޯޅަ ދަނޑުގައި އޮންނާނެއެވެ. މާދަމާ ބައްދަލު ކުރާނީ ޔުނީފޯމާއި ރޫހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ