ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ރޫހުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. އެ ޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މި މެޗުން ބަލިވި ޔުނީފޯމް ވަނީ ކުޅުނު ހުރިިހާ މެޗަކުންވެސް ބަލިވެފައެވެ.
ރޫހުން ވަނީ މިމެޗުގައި ރަނގަޅު ކުޅުމެށް ދައްކައި ފުރަތަމަ ހާފުގައި ދެ ލަނޑު އަދި ފަހު ހާފުގައި 3 ލަނޑު ކާމިޔާބު ކޮަށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި ޖޯޒީ ނަންބަރު 30 މުހައްމަދު ޔޫސުފު ކާމިޔާބު ކޮށްދިންއިރި، އޭނާ ވަނީ ފަހު ހާފުގެ 75 ވަނަ މިނެޓުގައި ވެސް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ރޫހުގެ ދެވަނަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 28 އަހުމަދު އަޒުމީލެވެ. ދެން މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 30 އަހުމަދު އަލީއެވެ. އޭނާ ލަނޑުތައް ޖަހައިފައިވަނީ ވަނީ މެޗުގެ 65 ވަނަ މިނެޓާއި 80 ވަނަ މިނެޓުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޫހުގެ ޖޯޒީ ނަންބަރު 30 އަހުމަދު އަލީއެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު ހަނިމާދޫ ކަސްޓަމްސް ހިންގުމާ ހަވާލުވެހުންނެވި އަހުމަދު ރަޝީދެވެ.
މި މުބާރާތް ރޭވިފައިވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާގޮތަށެވެ. އަދި ތާވަލުގެ ދެވަނައާއި ތިންވަނަ ބައްދަލުކޮށް މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވާގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކުރުމަށް ތާވަލުގެ ދެ ވަނައިގައި އޮތް ޝީލްޑުން މިމަހުގެ 3 ވަނަ ދުވަހުގައި ނުކުންނާނީ ތާވަލުގެ ތިން ވަނައިގައި އޮތް ޔޫތު ފްރެންޑްސްއާ ދެކޮޅަށެވެ.