ނަރުދޫ އަދި ފުނަދޫއަށް އުދައަރައި އެކިވަރުގެ ގެއްލުންވެއްޖެ

ޚަބަރު ފަހުގެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ށ. ނަރުދޫ އަދި ފުނަދޫއަށް އުދައަރައި އެކިވަރުގެ ގެއްލުން ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ ދަންވަރުން ފެށިގެން ފަތިސް ވަންދެން ނަރުދޫއަށް ވަނީ ރާޅު އަރައިފައެވެ. އެކަމުގެ ސަބަބުން އެރަށުގެ 8 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެ 8 ގޭގެ ތެރެއިން 2 ގެޔަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަރަދޫ

އުދައެރުމުގެ ސަބަބުން އެ ރަށުގެ ބައެއް ހިސާބުތަކުގައި ކަކުލުން މައްޗަށް ލޮނު ބޮޑުވެފައިވާއިރު، އުދައާއެކު ލޮނުގަނޑު ނަރުދޫގެ ރަށުތެރެއަށް ދެމިގަނެ ދިޔަ ބޮޑުވެފައިވާތީ ނަރުދޫގެ ރައްޔިތުން ނުކުމެ ދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންނެވެ.

މީގެ އިތުރުން ފުނަދޫއަށްވެސް އުދައަރާ 11 ގެއަކަށް ލޮނު ވަދެފައިވާކަމުގެ މައުލޫމާތު ލިބެއެވެ. އަދި 6 ދަނޑު ބިމަކަށް އެކިވަރުގެ ގެއްލުން ލިބިފައިވުމުގެ އިތުރުން އެރަށުގެ އިރުމަތީ ފަރާތުގައި އެހެލާފައި ހުރި 3 ދޯންޏަކަށްވެސް ގެއްލުން ލިބިފައިވާކަމުގެ މައުލޫމާ ލިބެއެވެ. އަދި މީގެ އިތުރުން ފުނަދޫ އިޖުތިމާއީ މަރުކަޒުގެ ފެންސު ވެއްޓި، ފުނަދޫ ފެނަކަ ބްރާންޗަށާއި ކުނިކޮށީގެ އިތުރުން ދެކުނުކޮޅު ފުޓްބޯޅަ ދަނޑަށް ގެއްލުން ވެފައިވާކަމުގެ މައުލޫމަތު ވަނީ ލިބިފައެވެ.

ފުނަދޫ

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްްތިމާސް ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ