ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓެއް އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު (އީއީޒެޑް) އަށް ގަވާއިދާ ޚިލާފަށް ވަދެ، މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަނެއްކާ ވެސް އަތުލައިގެންފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އެ ބޯޓް މިއަދު ގެންދިޔައީ ކ. ދިއްފުއްޓާ ދިމާ އިރުމަތިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފުން ބުނީ މަސްބޯޓު ފެނުނު އިރު އޭގައި ހަ މީހުން ތިބި ކަމަށާއި އެއީ އަވައްޓެރި ސްރީ ލަންކާގެ އުޅަނދެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ