ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ޝީލްޑަށް

ހަނިމާދޫ ކުޅިވަރު ފަހުގެ

ސާއްބަ އެނިވަރސަރީ ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލު މެޗުގައި ޔޫތު ފުރެންޑްސް އަތުން ޝީލްޑު މޮޅުވެ ފައިނަލަށް ދަތުރު ކޮށްފިއެވެ. މި މެޗުން ޝީލްޑު މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ޝީލްޑުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ އެޓީމުގެ ޖާރޒީ ނަންބަރު 30، ﷲއަބްދު ޝަރީފު، ޔޫތު ފުރެންޑްސް ގޯލަށް ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔޫތު ފްެރެންޑްސްގެ ޖާރޒީ ނަންބަރު 17، މުޙައްމަދު ޝާހީން ބޮލުގައި ޖެހިފައި ބައިކޮޅަ ވަތް ލަނޑެކެވެ. މި ލަނޑާއެކު ޔޫތު ފުރެންޑްސް ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން، ފުރަތަމަ ހާފުގެ 18 މިނެޓުގައި ޔޫތު ފުރެންޑްސްއަށް ލިބުނު ކޯނަރެއްގައި ލަނޑެއް ކާމިޔާބުކޮށް އެ ޓީމުން ވަނީ 1-1 ން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާރޒީ ނަންބަރު 11، މުޙައްމަދު މަފާޒެވެ. ފުރަތަމަ ހާފު ނިމުނު މި ނަތީޖާގައި އޮވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފު ފެށިގެން 59 ވަނަ މިނެޓުގައި ޔޫތު ފުރެންޑްސް ކޮޅަށް ލަނޑެއް ޖަހާ ޝީލްޑުންވަނީ ދެވަނަ ފަހަރަށް މެޗުގައި ކުރި ހޯދައިފަައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާރޒީ ނަންބަރު 14، އަޙްމަދު މުޖުޠަބާއެވެ. މެޗުގެ 78 ވަނަ މިނެޓު ތެރޭގައި ޝީލްޑް ވަނީ ޔޫތު ފުރެންޑްސް ކޮޅަށް އިތުރު ލަނޑެއް ޖަހާ 3-1 ގެ ނަތީޖާއިން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޝީލްޑުގެ ޖާރޒީ ނަންބަރު 19، ހުޒާމް ޢަބްދުއް ރަހީމެވެ.

މި މެޗުގައި ޔޫތު ފުރެންޑްްސް ވަނީ ޝީލްޑް ކޮޅަށް އެތައް ހަމަލާތަކެއް ކޮށްފައެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. މި މެޗުގައި ޝީލްޑުން ޖެހި 4 ވަނަ އަދި 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 7، ހުސެއިން ޝަރީފެވެ. މި ލަނޑުތައް ޖަހާފައިވަނީ މެޗުގެ 82 ވަނަ މިނެޓާއި 94 ވަނަ މިނެޓުގައެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޝީލްޑުގެ ޖާރޒީ ނަންބަރު 7، ހުސެޢިން ޝަރީފެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު އަލްފާޟިލް ހުސެޢިން ޝަހުދީއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިމަހު 5 ވާ އަންގާރަ ދުވަހު 15:50 ގައި ހަނިމާދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅޭނެއެވެ. ފައިނަލް މެޗުގައި ވާދަކުރާނީ ޝީލްޑާއި ރޫހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ