ސްކައުޓް އިދާރާއާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރިޔަސް އޮންލައިންކޮށް ތަކެތި ލިބޭނެ: އެސޯސިއޭޝަން

ޚަބަރު ފަހުގެ

ސްކައުޓް އިދާރާއާއި ފިހާރަ ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް އޮންލައިންކޮށް ތަކެތި ލިބޭނެ ކަމަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެތަން ރަޖިސްޓްރީ ކުރީއްސުރެން ހިނގަމުން އަންނަނީ ތައުލީމާއިބެހޭ ވުޒާރާއިން ހަމަޖައްސައިދިން ތަންތަނުގައި ކަމަށެވެ. އަދި އެތަން އެންމެ ފަހުން ހިންގަމުން އައި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ކަމަށާއި އެ އިމާރާތުން ލިބުނު ބައިން ނުކުތުމަށް އެ ވުޒާރާއިން އެންގި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތައުލީމާބެހޭ ވުޒާރާއިން އެ އެސޯސިއޭޝަން ނިކުތުމަށް އެންގީ އިމާރާތް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ ކަމަށާއި 7 ސެޕްޓެމްބަރުން ފެށިގެން އެ އިމާރާތުގައި ހިންގަމުން ދިޔަ ސްކައުޓް ފިހާރަ އާއި ސްކައުޓް އިދާރާ ބަންދުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއަށް އިތުރު ތަނެއް ހަމަޖެއްސުމަށް ތައުލީމާއިބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ސްކައުޓް އެސޯސިއޭޝަނުން ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށް ރައީސް ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ސްކައުޓް ފިހާރަ ބަންދުކުރުމާއި ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން އެކަމަށް ރިޔާއަތްކޮށް ސްކައުޓް އޮންލައިން ފިހާރަ މެދުވެރިކޮށް ތަކެތި ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ތަކެތި އޮންލައިންކޮށް ގަތުމަށްފަހު ބަލާދާންވީ ވަގުތު އެ ތަކެތި ގަންނަ ފަރާތްތަަކަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ސްކައުޓް އޮފީހުންނާއި ފިހާރައިން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ބެޖާއި ޔުނިފޯމް ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ